English Edition
Dhivehi Edition
ފުލުހުން ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ - ފޮޓޯ: ޕޮލިސް

މިރޭ މާލޭގައި ދެ މާރާމާރީއެއް ހިންގައި، މީހެއްގެ ކަރަށް ވަޅި ހަރައިފި އެވެ.

ފުލުހުން ބުނީ ފުރަތަމަ މާރާމާރީ ހިންގީ މިރޭ 19:35 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރީގައި އޮންނަ ފުޓްބޯޅަ ދަނޑު ކައިރީގައި ކަމަށެވެ. މި ދަނޑުގައި މި ދުވަސްވަރު ފުޓްސަލް މުބާރާތެއް ކުރިއަށްދާއިރު ފުލުހުން ބުނީ އެ މާރާމާރީއާ ގުޅޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ދެވަނަ މާރާމާރީ ހިންގާފައިވަނީ މިރޭ 21:15 ހާއިރު އަސަރީ ހިނގުމުގައިކަމަށެވެ. މި މާރާމާރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އެ މީހާ އަށް އައިޖީއެމްއެޗްގައިި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީގައި 36 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާއިރު މި ދެ މާރާމާރީ، ގުޅުން ހުރި ކަމެއް އަދި މިކަން ހިނގި ސަބަބެއް ނޭނގެ އެވެ.