English Edition
Dhivehi Edition

ވަރުބަލިވެ، ފޫހިވުމަކީ އެކަނި ވަގުތު ހޭދަކުރުން މަދުވުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. ސައިކޮލޮޖީގެ މާހިރުން ބުނާ ގޮތުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ދުވަހުގެ މަސައްކަތްތައް ރާވާލުމުގައި އެކަނި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަކަށް ރާވާލުން މުހިއްމެވެ.

ދާދިފަހުން ދުނިޔޭގެ ބޮޑެތި މީޑިޔާތަކުގެ މުވައްޒަފުން ބޭނުންކޮށްގެން އެކަނި ވަގުތު ހޭދަކުރުމުގެ މުހިއްމުކަމާއި ގުޅޭ ހަރަކާތެއް ބޭއްވިފައިވެއެވެ. އެހަރަކާތުގައި ބައިވެރިވި މީހުންގެ %68 މީހުން އެކަނި ވަގުތު ހޭދަކުރުމަށް ބޭނުންވެއެވެ. އަދި އެގޮތަށް ވަގުތު ހޭދަކުރުމަށް ބޭނުން ނުވީ %10 މީހުންނެވެ. މިހަރަކާތުގެ އިސް އޮފިޝަލެއްކަމަށްވާ މިސްޓަރ ހުބުބު ބުނެފައިވަނީ މިކަމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެކަނި ވަގުތު ހޭދަކޮށް އަރާމުކުރާ ފަރާތްތަކުގެ މަސައްކަތުގެ ރޭޓް ރަނގަޅުކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެމީހުނަށް ލިބޭ ހުސްވަގުތު މަދުވުމުގެ ސަބަބުން އެކަނި ވަގުތު ހޭދަކުުރުމަށް އުނދަގޫވާ މީހުން ކުރާ މަސައްކަތް ފުރިހަމަ ނުވެ ހުންނަކަން ފާހަގަ ކުރެވޭކަމަށެވެ.

އެމީހަކު ވަރުބަލިވާ މިންވަރާއި އެއްވަރަށް އަރާމުކުރުމަށް އެކަނި ވަގުތު ހޭދަ ކުރުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫކަމެކެވެ. އެގޮތުން އެކަށީގެންވާ ވަރަށްވުރެ ގިނައިން އަރާމުކުރުމުން ވެސް މީހާ ލޮޑުވުމަށް މަގު ފަހިވެއެވެ. ބޮޑަށް ވަރުބަލިވެފައިވާ މީހަކު 5 ނުވަތަ 6 ގަޑި އިރަށް އެކަނި ވަގުތު ވަގުތު ހޭދަކުރުމުން އޭނާގެ ސިކުނޑި ތާޒާ ވެގެންދެއެވެ.

އަދުގެ ދުނިޔޭގައި ކަމެއް ނެތި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ މޮޔަކަމެއްކަމަށް ބައެއް މީހުން ދެކެއެވެ. އެގޮތުން ހަފްތާގެ 7 ދުވަހުގެ 24 ގަޑިއިރަކީ ކޮންމެވެސް އުފެއްދުންތެރި ކަމެއް ކުރަންޖެހޭ ވަގުތުކަމަށް ދެކޭމީހުން ގެ ވިސްނުން ރަނގަޅެއް ނޫނެވެ. އުފެއްދުންތެރި ކަމެއް ކުރުމަށް ތާޒާ ސިކުނޑިއެއް ބޭނުންވެއެވެ. އެކަމަށް އޮތް ހައްލަކީ ސިކުނޑިއަށް އަރާމު ހޯދައި ދިނުމެވެ. ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުން އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން އަރާމުކުރުމުގައި ވަގުތު ހޭދަކުރެއެވެ. އެއިގެ ސަބަބުން ފިރިހެނުންގެ އުފެއްދުންތެރިކަން އިތުރުވެގެން ގޮސްފައިވެއެވެ.

ނިދުމާއި އަރާމުކުރުމަކީ ދެކަމެކެވެ. ނިދުމަކީ ފޯން ޗާޖަށް ޖަހާފައި ބޭއްވުން ކަހަލަ ކަމެކެވެ. އަދި އަރާމުކުރުމަކީ ފޯން ‘ފްލައިޓް މޯޑް’ އަށް ލާފައި ބޭއްވުން ކަހަލަ ކަމެކެވެ. އެހެންކަމުން ބުރަކޮށް މަސައްކަތް ކުރާމީހުން ނިދުމަކުން އެމީހުންނަށް އެކަށީގެންވާ ވަރަށް އަރާމް ކުރެވުނީކަމަށް ނުބެލެވެއެވެ. އުފެއްދުންތެރި މީހަކަށް ވުމަށްޓަކައި އަރާމްކުރުން މުހިއްމެވެ. އެގޮތުން އަރާމްކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެކަނި ވަގުތު ހޭދަކުރުމެވެ.