English Edition
Dhivehi Edition

ނިދާ ހޭލުމަށްފަހު ކޮޕީއެއް ބޯލުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. އޭގެ ސަބަބުން ހެދުނުގެ ފެށުން ރަނގަޅުވެގެން ދާކަމަށް ވެސް އެމީހުން ޤަބޫލުކުރެއެވެ. އެފަދަ މީހުންނަށް އޮތް އިތުރު ޚަބަރަކީ ގިނައިން ކޮފީ ބޯމީހުންގެ އުމުރު ދިގުވާ ކަމަށް ފަހުގެ ދިރާސާތަކުން ދެއްކުމެވެ.

ދާދިފަހުން ހެދުނު ދެ ދިރާސާއަކުން ވަނީ މިކަން ހާމަވެފައެވެ. އެގޮތުން ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ދިރިއުޅުން ހުންނަގޮތާއި، އެމީހުންގެ ސިއްޙީ މަޢުލޫމާތުތަކާއި، ކޮފީ ބޯ މިންވަރާއި މިފަދަ ގިނަ ކަންތައްތަކެއް ބެލެވިފައި ވެއެވެ. އެގޮތުން މި ދިރާސާތަކުގައި 700،000 ކޮޕީ ބޯ މީހުން ބޭނުކުރެވިފައިވެއެވެ. މިދިރާސާތައް ކުރިއަށް ދިޔައިރު ދިގު މުއްދަތަކަށް މިމީހުންގެ ގިނަ ހަރަކާތްތައް މޮނީޓަރ ކުރެވިފައިވެއެވެ. އަދި އެކިމީހުންނަށް އެކި ކަހަލަ ކޮޕީ ދެވިފައިވެއެވެ. މިދިރާސާއަށްފަހު އެކަމުގައި ހަރަކާތްތެރިވި އިސް އޮފިޝަލުން ބުނެފައިވަނީ، ކެފޭއިން އަކީ ސިއްޙަތަށް ގެއްލުން ހުރިއެއްޗެއްކަމަށް ވިނަމަވެސް އެއިންވެސް ކޮންމެވެސް ކަހަލަ ފައިދާތަކެއް ކުރާނެކަން އެނގިއްޖެކަމަށެވެ.

ހެދިފައިވާ ދިރާސާތަކަށް ބަލާއިރު ޔޫރަޕްގައި 16 އަހަރުން ދަށުގެ 500،000 ކުދިން ބޭނުންކޮށްގެން ހެދުނު ދިރާސާއިން އެނގުނު ގޮތުގައި، އެމީހުން ކޮޕީ ބުއިމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާފަދަ ބަލިތައް ޖެހުން މަދުކަން އެނގިފައިވެއެވެ. އަދި އެމެރިކާގައި 16 އަހަރުން މަތީގެ މީހުން ބޭނުންކޮށްގެން ހެދުނު ދިރާސާއިން އެނގުނުގޮތުގައި ކޮޕީ ބޯމީހުން ހިތުގެ ބަލިތަކާއި، ކެންސަރާއި، ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހަކުރު ބަލިފަދަ ބަލިތައް ޖެހުން މަދުކަން އެނގިފައިވެއެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު 2 ނުވަތަ 3 ތަށި ކޮޕީ ބޯމީހުން މަރުވާ ނިސްބަތް ލަސްކަން ވެސް ފާހަގަ ކުރެވިފައި ވެއެވެ. އަދި ކޮޕީބޯ އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ދިގުކަން ވެސް އެނގިގެން ގޮސްފައި ވެއެވެ.

މިދިރާސާތަކުގެ ސަބަބުން އިތުރަށް އެނގިގެން ދިޔަ ކަންކަމުގެ ތެރޭގައި ކޮޕީ ބޯމީހުންގެ މޭގަނޑު ރަނގަޅުވެ ހަކުރު އެއްވަރެއްގައި ހިފަހައްޓުމަށް އެހީތެރިވެދެއެވެ. ސިއްޙީ މާހިރުން ބުނާގޮތުން ކޮޕީއަކީ އެހާގިނައިން ބުއިއުން ރަނގަޅު އެއްޗެއް ނޫނެވެ. ދުވާލަކު 5 ދަށްޓަށްވުރެ ގިނައިން ކޮޕީ ބުއިމަކީ ސިއްޙަތަށް ގެއްލުން ހުރިކަމެއްކަމަށެވެ. އަދި ސިއްޙީ އެއްވެސް މައްސަލައެއް ހުންނަމީހުން ކޮޕީ ބުއިން ރަނގަޅުނޫންކަމަށް ވެސް ބުނެއެވެ.

އެހެންނަމަވެސް ހެދިފައިވާ ދިރާސާތަކުގެ އަލީގައި ބުނެވެން އޮތީ ގިނައިން ކޮޕީބޯ މީހުން ޅައުމުރުގައި މަރުވުމުގެ ނިސްބަތް ދަށްކަމެވެ.