English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް ފުވައްމުލަކު ޕަބްލިކް ހެލްތުން ބުނެފިއެވެ.

ޕަބްލިކް ހެލްތު ވައިބަރ ގުރޫޕްގައި ބުނެފައިވަނީ ފުވައްމުލަކުގައި ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށްފަހު އިއްޔެ ނެގި ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބި، އޭގެ ތެރެއިން 2 ސާމްޕަލެއްވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިކަމަށެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރެއްވުމަށް ޕަބްލިކް ހެލްތުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުވައްމުލައް ސިޓީގައި ފުރަބަންދުގައި ހުރި ފަރާތެއްގެ ފަރާތުން ރޯގާގެ އަލާމާތްތައް ފެނި، މި މަހުގެ 25 ވަނަ ދުވަހު ނެގި ސާމްޕަލެއްވެސް ވަނީކޮވިޑް-19 އަށް ފައްސިވެފައެވެ.