English Edition
Dhivehi Edition

ހުޅުމާލޭ މިސްކިތެއް ތެރޭގައިހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓު ކޮށްލަން ނިންމައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ހަފްތާގައި ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން އޭނާ ޑީޕޯޓުކޮށްލުމަށް ނިންމުމާއެކު މިހާރު އޭނާ ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.

މިސްކިތެއްގައި ދިވެއްސަކަށް ހަމަލާ ދިން އިންޑިއާ މީހަކު ހައްޔަރުކޮށްފި

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އަސްރު ނަމާދު ވަގުތު ހުޅުމާޅޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދުގެ ޖަމާއަތް ނިމުނުތަނާއެވެ. އޭނާ މިސްކިތަށް ދިޔައީ ސައިކަލެއްގައި ކަމަށާއި އޭނާ އަތުގައި ހެލްމެޓެއްވެސް އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާއިރު އޭނާ މިސްކިތުން ނެރުނީ އެ ވަގުތު މިސްކިތުގައި ތިބި މީހުންނެވެ.

ޓެގު