English Edition
Dhivehi Edition
ވިލިނގިލިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ފޮޓޯ މަރިޔަމް ނިޔާޒާ

ގއ. އަތޮޅުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ގއ. ނިލަންދޫ އަދި ގއ. މާމެންދޫއިން ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި ހުރިހާ ސާމްޕަލް އެއް ނެގެޓިވްވެއްޖެއެވެ

ގއ.އަތޮޅުގެ ފޯކަލް ޕޮއިންޓް އަދި ސީނިއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރ އަސްމާ އަބްދުﷲ އޭއޯ ނިއުސް އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ނިލަންދޫ އަދި މާމެންދޫއިން ރޭންޑަމްކޮށް ނެގި ހުރިހާ ސާމްޕަލްއެއް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި މި ސާމްޕަލްތައް ނެގުމުގެ މައިގަނޑު މަގުސަދަކީ ރަށުގައި ބަލި އޮތް ތޯ ދެނެގަތުމަށާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމުގައި އަސްމާ ވިދާޅުވިއެވެ.

ހުވަދު އަތޮޅުގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްތައް ފެނިފައިވަނީ ގއ. ދެއަވަދޫގައެވެ. ދެއްވަދޫއިން ކޮވިޑް ފެނިފައިވަނީ މި ދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެ ރަށުން ފަހުން ވަކި ތަރުތީބެއްނެތި ނެގި ސާމްޕަލް ތަކުން މީހުން ޕޮޒިޓިވްވެސް ވެފައިވެއެވެ.

ދެއްވަދޫ ކޮލާސްޓަރ ގުޅިގެން ގއ. އަތޮޅުގެ ބައެއް ރަށްތައް ކަމަށްވާ ގއ. ވިލިނގިލި، ގއ. ދާންދޫއިން ވެސް ކޮވިޑް ކޭސްތައް ފެނިފައިވެއެވެ. އެގޮތުން ގއ. ދެއްވަދޫ ހިމެނޭހެން ގއ. އަތޮޅުން މިހާތަނަށް މި ކުލާސްޓަރ ގައި ޕޮޒިޓިވް ވި މީހުންގެ އަދަދު 83 ކަށް އަރައެވެ.

ގއ. ދެއްވަދޫ އަދި ގއ. ދާންދޫ އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.