English Edition
Dhivehi Edition

ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ކަރަންޓީނުގައި ހުރި ފަރާތެއް ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ހެދި ޓެސްޓުގެ ނަތީޖާ ޕޮސިޓިވް ވެފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖްގައި ވަނީ ހާމަކޮށްފައެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލްތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށް ރޯގާގެ އަލާމާތެއް ފާހަގަކުރެވޭނަމަ ލަސްނުކޮށް އެ ހޮސްޕިޓަލުގެ ހޮޓްލައިން 7934641 އާއި ހިއްސާކުރަން ވެސް މި ޕޯސްޓްގައި ވެއެވެ.

މިއީ މިއަހަރު ފެށުނުފަހުން ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވި ދެވަނަ މީހާއެވެ. މި މަހުގެ 18 ވަނަ ދުވަހު ކަރަންޓީން ރިލީޒަށް ނުވަތަ ކަރަންޓީނުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްގެ ނަތީޖާ ފައްސިވެ ތިނަދޫގައި ހުރި ބިދޭސީ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.