English Edition
Dhivehi Edition

މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށް ކުރާ ދަތުރުތައް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށޭނެ ކަމަށާއި ހަފްތާއަކު 3 ފްލައިޓް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ދަތުރުތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދެއްވުމަށް މޯލްޑިވިއަންގެ ނަންބަރު3335544 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށް ވަނީ އެދިފައެވެ..

މި ދަތުރުތަކުގެ ޓިކެޓުގެ ފެށޭ އަގަކީ ދެކޮޅަށް 150 ޑޮލަރު ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މިއީ ހަމަ އެކަނި ދިވެހިންނަށް ޚާއްޞަ ފެއަރ ރޭޓް އެއް ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަންގެ ހާއްސަ ފްލައިޓުތަކެއް ކޮޗިންއާއި މާލެ އާއި ދެމެދު ފަށާއިރު، ރާއްޖެ އަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމަކީ ވެސް އިންޑިއާއެވެ.