English Edition
Dhivehi Edition

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް އޮންލައިންކޮށް ޓިކެޓު ނަގާނަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަން ގެ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރ މޫސާ ވަސީމް، “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން މިއަދު ވިދާޅުވީ މި ޕްރޮމޯޝަނުގެ ދަށުން އެޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ޑިސްކައުންޓް ޓިކެޓުގައި ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ޓިކެޓް ގަންނަން ލިބޭނެ އެންމެ ފަހު ތާރީޚަކީ މާޗް މަހުގެ 31 ވަނަ ދުވަސް ކަމަށް ވެސް މޫސާ ވަސީމް ވިދާޅުވިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނީ ދަތުރުގެ ހަތް ދުވަސް ކުރިން، މޯލްޑިވިއަންގެ ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނަގާނަމައެވެ.

މޫސާ ވަސީމް ވިދާޅުވީ މި ޕްރޮމޯޝަނުގެ މަގުސަދަކީ ފަސޭހަ ލުއި ގޮތްތަކެއް ކަސްޓަމަރުންނަށް ހޯދައިދިނުންކަމަށާއި ކޭސްލެސްކޮށް ޓިކެޓް ނެގުމަށް މަގުފަހިކުރުން ކަމަށެވެ.

މޯލްޑިވިއަނުން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުން އަންނަ އިރު، ކޮވިޑް19 އަށްފަހު އެތެރޭގެ އުދުހުން ތަކަށް އޮތް ޑިމާންޑު މަޑުމަޑުން އިތުރުވަމުން އަންނަކަމަށް މޯލްޑިވިއަނުން ވަނީ ފާހަގަކޮށްފައެވެ.