English Edition
Dhivehi Edition
ސަފާރީގައި އަލިފާން ރޯވެ އަނދަމުން ދާ މަންޒަރު": ފޮޓޯ އެމްއެންޑީއެފް

ހުޅުމާލެއިން ހދ. ހަނިމާދޫ އަށް ދަތުރު ކުރި “ނައުޓިލަސް ވަން” ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އަނދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުގައި އޮތް މި ސަފާރީގައި 6 މީހުން ތިބި ކަމަށާއި މިހާރު އެމީހުން ތިބީ ޑައިވިންގ ދޯނީގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ދޯނީގައި ތިބީ ހުސް ފަޅުވެރިން ނެވެ. އޭގެ ތެރޭގައި 5 ދިވެހިންނާއި 1 ބިދޭސިއަކު ހިމެނެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ދަންވަރު 3:45 ގައި ކަމަށާއި އެހާ ހިސާބުން އެމްއެންޑީއެފްގެ ފަޔަރ ލޯންޗެއް އަލިފާން ނިއްވުމުގައި އެ ސަރަހައްދުގައި ހަރަކާތް ތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން މިއަދު 6:50 ގައި ވިދާޅުވީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 6:44 ގައި ސަފާރީ ކަނޑު ގެ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

މިހާދިސާގައި އަދި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ