English Edition
Dhivehi Edition

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހޯދަމުން ދަނީ އެމްޑީ އިދްރިޝް، ބަނގުލަދޭޝް (34އ)އެވެ.

ފުލުހުން ވިދާޅުވީ އޭނާއަކީ ސ. ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވައިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 31 ޖަނަވަރީ 2021 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.