English Edition
Dhivehi Edition

ޅ. ފުށިފަރު ރިސޯޓުން ޖެޓް ސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

އެ ދެމީހުން ފެނިފައިވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް.. މިރޭ 20:42 ހާއިރު ޅ. އަތޮޅު ގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓް ކައިރިން ކުރެއްދޫ ރިސޯޓުގެ ލޯންޗަކަށެވެ. އެމީހުން ފެނިފައިވަނީ ޖެޓްސްކީ ގެ އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހުން މިހާރު ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންގޮސްފައި ކަމަށާއި އެ ދެމީހުން ދަތުރުކުރި ޖެޓްސްކީ ހުއްޓިފައިވަނީ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ޖެޓްސްކީ ގައި ދަތުރު ކުރީ 29 އަހަރުގެ އަންހެނަކާއި އަދި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެއީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށް ވެސް އެންއެމްޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 19:04 ގައެވެ. އެމީހުން ރިސޯޓުން ފުރިކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:45 އެވެ