English Edition
Dhivehi Edition

ފުށިފަރު ރިސޯޓުން ޖެޓްސްކީ އެއްގައި ފުރި 2 ދިވެއްސަކު ގެއްލިގެން އުޅޭތީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާއިން ވިދާޅުވީ މި ޖެޓްސްކީ ގައި ދަތުރު ކުރީ 29 އަހަރުގެ އަންހެނަކާއި އަދި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެއީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށް ވެސް އެންއެމްޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ދެމީހުންގެ ތެރެއިން އަންހެން މީހާގެ އަތުގައި ފޯނެއް ގެންދިޔަ ކަމަށް އެމްއެންޑީއެފް ނޮދަން އޭރިއާ އުލިގަމު ޕޯސްޓަށް މައުލޫމާތު ލިބިފައިވާއިރު ފޯނަށް ގުޅުމުން ރިންގު ވި ނަމަވެސް ޖަވާބެއް ނުދޭ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެމީހުން ޖެޓްސްކީގައި ދިޔައީ ދުއްވާލަން ކަމަށާއި ތިބީ ލައިފް ޖެކެޓް ވެސް އަޅައިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 19:04 ގައެވެ. އެމީހުން ރިސޯޓުން ފުރިކަމަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:45 އެވެ.