English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2019: ބޭރުމަތި އެފްސީ އާޢި ގޮދިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މިއަދު ހަވީރު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތް ފެށުމަށްޓަކައި މިއަދު ހަވީރު ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތު އޮންނާނީ މިއަދު 15:15 ގައި އައްޑޫ ސިޓީ ހިތަދޫ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.

މި ރަސްމިއްޔާތަށް ފަހު މުބާރާތް ފެށިގެންދާނެއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ އެފްސީ ބޭރުމަތި އާއި އެފްސީ އަފިރިން އެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމް ކުރާ މިފަދަ ދެވަނަ މުބާރާތެވެ. 2019 ގައި ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ މިފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައިވެސް ވާދަކުރާ އެފްސީ ބޭރުމަތި ޓީމެވެ.