English Edition
Dhivehi Edition

ފުވައްމުލަކު ދަޑިމަގި ކުޅި ސަރަހައްދުގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދު މެންދުރު 12:00 އެހާކަށް ހާއިރު ރޯވި މިއަލިފާނުގައި އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ އަނދާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 12:15 ގައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެސަރަހައްދުގައި ހުރި ހުއި ތަކެއްގައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މި ސަރަހައްދުގައި އޮންނަ ޗަސްބިމުގައި މި ގޮތަށް އަލިފާން ރޯވުމަކީ އާންމު ކަމެއް ކަމަށް ފުވައްމުލަކުގެ މީހުން ބުނެއެވެ.