ގއ. ގެމަނަފުށީ ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް އެ ސްކޫލުގެ މުދައްރިސަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ރަސްމީކޮށް އެ މައްސަލަ ހުށަހަޅާފައި ނުވި ނަމަވެސް ބަލަން ޖެހޭ ކަންތައް ތައް ބަލަމުން އަންނަ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މި މައްސަލަ ފެންމަތިވުމާއި ގުޅިގެން މައްސަލަ ސްކޫލަށް ހުށަހަޅައި އެޑިޔުކޭޝަން މިނިސްޓްރީން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ސްކޫލުން އެ ޓީޗަރާމެދު އެއްވެސް ފިޔަވަޅެއް ނާޅާކަމަށް ބުނެ އެރަށުގެ ބައެއް މީހުން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ .
މިފަހަކަށް އައިސް ރާއްޖޭގައި ރޭޕް ކޭސްތައް މިވަނީ އިތުރުވެފައެވެ. މިފަދަ މައްސަލަތަކުގައި ބައެއް ޓީޗަރުން ހައްޔަރު ކޮށްފައިވެއެވެ.