English Edition
Dhivehi Edition

ގއ ވިލިނގިލި ވިޔަފާރި ވެރިއަކު 6000 މާސްކު އެރަށު ސުކޫލަށް ހަދިޔާ ކޮށްފައެވެ.

އަފާމީ ކޮސްޓްރަކުޝަން ގެ ވެރިއާ ހަސަން ހަބީބް ( ސީނާ) ގެ ފަރާތުން އެރަށު ސުކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ހަދިޔާކުރެއްވި މާސްކުތައް ސުކޫލާއި ހަވާލުކޮށްދެއްވީ އެރަށުގައި ކުންފުންޏާއި ހަވާލުވެގެން ހުންނަ ރަޝީދު އަހުމަދެވެ.

ސީނާ އަކީ އިމާރާތްކުރުމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެރަށުގައި ބޭސް ފިހާރައެއްވެސް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ.

ގއ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 12 ގެ ދަރިވަރަކު ކޮވިޑް 19 އަށް ޕޮޒިޓިވު ވުމާ ގުޅިގެން ރަށް ކަރަންޓީނުކޮށް އަދި ސުކޫލް ބަންދުކޮށް އޮތުމަށްފަހު މާދަމާ ސުކޫލުގެ ކިޔެވުން އަލުން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.