English Edition
Dhivehi Edition

މެޖޯރިޓީ އޮތަސް އަދި ނެތަސް ސަރުކާރުގެ އިހްލާސްތެރިކަމެއް އޮތިއްޔާ ހުރިހާ ކަމެއްވެސް ހިނގާނެކަމަށް ވިދާޅުވެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ ކައުންސިލަރު ފައިސަލް އިބްރާހީމް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

ކައުންސިލަރު ފައިސަލް ކުރި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި %70 ވޯޓު އަދި މަޖިލީސް އިންތިހާބުގައި %75 ވޯޓު ދެވިއްޖެކަމަށެވެ. “އަޅުގަނޑު ހިތަށް އަރަނީ ކޮން ދުވަހަކުތޯ އެމްޑީޕީއަށް އައްޑޫގެ މެޖޯރިޓީ ނެތީ. މާލެ ތަރައްޤީ ރައީސް ޔާމީން ކުރިއިރު ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް. ލައްކަ ވޯޓު ދެވިއްޖެ.ދެން ކޮންއެއްޗެއް ދިނީމަ އައްޑޫ ތަރައްޤީވަނީ. 13 ގޮނޑި ދިނީމަވެސް ދެން ދައްކާނެ އެހެން ވާހަކައެއް އޮންނާނެ” ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ކުރި އިތުރު ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުންވެސް ކައުންސިލްތަކުގެ ބާރުތައް ކަނޑާލިކަމަށާއި އެލްޖީއޭ އަކީ އަތޮޅު މިނިސްޓްރީކަމަށް ހަދާފައިވާކަމަށެވެ. “ރައްޔިތުންނަށް ހިދުމަތް ނުދެވޭ. ކޮންމެ ކަމެއްގައި އެމީހުންގެ ހުއްދަ ނަގަންޖެހޭ” ފައިސަލް ވިދާޅުވިއެވެ. އިތުރަށް ފައިސަލް ވިދާޅުވީ މިހާރު ދޭ ބަޖެޓަކީ ސީދާ އޮފީސް ހުޅުވާ ލެއްޕޭވަރުގެ ބަޖެޓެއްކަމަށާއި މި ސަރުކާރާއި ޔާމީންގެ ސަރުކާރާއި އެއްވެސް ތަފާތެއް ނެތްކަމަށެވެ.