English Edition
Dhivehi Edition

ގއ. ގެމަނަފުށީގެ މިސްކިތެއް ކަމުގައިވާ މަސްޖިދުލް ހުދާ މަރާތްމާތް ކުރުމުގެ ފުރުސަތު ގެމަނަފުށީ ކައުންސިލުން ހުޅުވައިލައިފިއެވެ.

ގެމަނަފުށީ ކައުންސިލުން ކޮއްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން މަސްޖިދުލް ޙުދާ އިމާރާތް ކުރުމުގެ ފުރުސަތު ހުޅުވައިލީ އެ މިސްކިތަކީ ވަގުތީގޮތުން ހެދިފައިވާ މިސްކިތަކަށްވެފައި އަދި މިހާރު އެ މިސްކިތްވަނީ ވީރާނާވެފައި ކަމުން އެތަނުގައި ނަމާދުކުރުމަށްވެސް ދަތިތަކެއް ހުރުމުން ކަމަށް ކައުންސިލުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މިއާއި އެކު ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައި ވާގޮތުގައި މަސްޖިދުލް ޙުދާގެ މިހާރު ހުރި އިމާރާތައް ވާރޭ ވެހުމުގެ ސަބަބުން މިސްކިތުގެ ދޮރުތަކާއި ދޮރުފަތް ހަލާކުވެ ބާވެފައިވާ ކަމަށެވެ. އަދި މިސްކިތް ސީލިންގު ނުކުރެ ހުރުމުގެ ސަބަބުން ފުރާޅުން ގިނަ އަދަދަކަށް ދަބަރު ފައިބާ ކަމުގައިވެސް އެ އިއުލާނުގައިވެއެެވެ.

މި ހާލަތަށް މިސްކިތް ގޮސްފައިވާތީ 2015 ވަނަ އަހަރުންފެށިގެން ސަރުކާރުގެ އިދާރާތަކަށް އައު އިމާރާތެއް ކޮއްދެއްވުމަށް އެދި ދަންނަވަމުން ގޮސްފައިވާ ކަމަށާއި އެހެނަސް މިއަދާ ހަމަޔަށްވެސް މި މަސައްކަތައް އަލިމަގެއް ހޯދިފައި ނުވާތީ ދަރުމަޔަށް މިސްކިތް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ފެބުރުއަރީ 28 ވާ އާދީއްތަ ދުވަހުގެ1:00 ގެ ކުރިން ގެމަނަފުށީ ކައުންސިލަށް ބީއޯކިއު އާއި މިސްކިތާއި މިސްކިތުގެ ގޯތިތެރެ އާއި މިސްކތުގެ ގޯތީގެ އިންފާރު ހުންނާނެ ގޮތުގެ ކުރެހުމަކާއެކު ހުށަހެޅުމަށް ވެސް މި އިއުލާނުގައި ވަނީ ބުނެފައެވެ.

މީގެ ފަސްވަރަކަށް އަހަރުކުރިން ގއ. ގެމަނަފުށީގައި އަމިއްލަ ފަރާތަކުންވަނީ އެރަށު ބަނދަރު ސަރަހައްދުގައި މަސްޖިދުލް އިބްރާޙިމްގެ ނަމުގައި ވެސް މިސްކިތެއް ބިނާކޮށްފައެވެ.