English Edition
Dhivehi Edition

ގއ އަތޮޅުގައި އޮންނަ ރެސިޑެންސް މޯލްޑިވްސް ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި ރިސޯޓް މުވައްޒިފަކު އިތުރު ފަރުވާއަށް ވިލިނގިލީ ކޮވިޑްފެސިލިޓީއަށް ބަދަލުކޮށްފިއެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު “އޭއޯ ނިއުސް” އަށް ވިދާޅުވީ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައި ވަނީ 29 އަހަރުގެ ނޭޕާލް ރައްޔިތެއް ކަމަށާއި އޭނާ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެނައީ ނޭވާލާން އުނދަގޫވެގެން ކަމަށެވެ.

ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި މިވަގުތު ޖުމްލަ ހަ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ ބިދޭސީ މީހާގެ އިތުރުން، ގއ. ދެއްވަދު އިން ޕޮޒިޓިވްވި ތިން މީހަކާއި ދާންދު އިން ޕޮޒިޓިވްވި ދެ މީހެކެވެ.

ގއ. އަތޮޅުގެ ބައެއް ރަށް ރަށުގައި ކޮވިޑް 19 ފެތުރެމުން އަންނަ އިރު އެ އަތޮޅުގެ ވިލިނގިލީ ، ދާންދޫ، އަދި ދެއްވަނދޫ އަދިވެސް ވަނީ މޯނީޓަރިން ހާލަތައް ގެނެސްފައެވެ