English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިން މަހަށް ފުރި ލޯންޗެއް ދިޔަވާތީ، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ،

އެމްއެންޑީއެފުން ބުނީ ހިތަދޫ އިން ހަތް މީހުންނާއެކު މަހަށް ފުރި “ބްލެކް ހެރޮން” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވެފައިވާކަމަށެވެ. އެމްއެންޑީއެފް އިން ބުނީ އެ ލޯންޗު ދިޔަވާން ފެށީ ހިތަދޫ ކައިރިއަށް މަހަށް ނިކުމެ އުޅެނިކޮށްކަމަށެވެ.

މިއަދު ހަވީރު 17:13 ހާއިރު ހިނގި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުމާއެކު ދިޔަވަމުންދިޔަ ލޯންޗު ހިތަދޫ އަށް ވެއްދުމަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

.