English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގައި ރެންޑަމް ސާމްޕަލް ނަަގަން މާދަމާ ފަށާނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހުވަދޫ އަތޮޅުގެ އެކި ރަށްތަކުން ކޮވިޑް19 ފެންނަމުންދާ މި ދަނޑިވަޅު އެޗްޕީއޭއިން ބުނީ އައްޑޫގައި ރޭންޑަމް ސާމްޕަލް ނެގުމުގައި އިސްކަންދޭނީ ފެރީތަކުގައި މަސައްކަތްކުރާ މީހުންނާއި ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނަށް ކަމަށެވެ.

މީގެ ކުރިންވެސް އައްޑޫގައި 200 އަށްވުރެ ގިނަ މީހުންގެ ރެންޑަމް ސަމްޕަލްވަނީ ނަގާފައެވެ.

ދިވެހިރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެފައިވާއިރު އައްޑޫ ސިޓީ ކައުންސިލާއި އޭއީއެޗްއިން ވަނީ އައްޑޫ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ