English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާ ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އާއެކު މަޝްވަރާކޮށްފިއެވެ.

މިއަދު ހެނދުނު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ބޭއްވި މި ބައްދަލުވުމުގައި ކޮވިޑް-19ގެ ޙާލަތު އަނެއްކާވެސް ގޯސްވަމުންދިއުމާ ގުޅިގެން، މިކަމަށްޓަކައި އައްޑޫ ސިޓީން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ގޮތުން މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޓްރައޭޖް ނިޒާމެއް ޤާއިމްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އިންސާނީ ވަސީލަތްތަކުގެ ދަތިތަން ހުރުމާއެކު، ޓްރައޭޖް ހެދުމަށް ވޮލަންޓިއަރުން ނެގުމާއި، ވޮލަންޓިއަރ ކުރައްވާ ފަރާތްތަކަށް އިނާޔަތް ދިނުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ހޭލުންތެރިވެ، މި ބަލިން ރައްކާތެރިވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ