English Edition
Dhivehi Edition
ކ-ވ: ޗީފް އެސްޕީ މުޙައްމަދު ރަޝީދު، ޗީފް އެސްޕީ އާސިމް ޢަބްދުﷲ

ކުރިޔަށް އޮތް އިންތިހާބާ ގުޅިގެން ސަލާމަތީ ކަންކަން ބަލަހައްޓައި، އިންތިހާބަށް އަމާން އޮމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުން ކުރިޔަށް ގެންދާން ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރު ކަމަށް އަދި ޑެޕިއުޓީ ކޮމާންޑަރު ކަމަށް ދެބޭފުޅުން އައްޔަންކޮށްފި އެވެ.

ފުލުހުން ހާމަކުރިގޮތުގައި މިއޮޕަރޭޝަނުގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު، އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމެޓީގެ އިންތިހާބު ބޭއްވޭ ގޮތަށް ކައުންސިލް އިންތިހާބުގެ ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ދިރާސާކުރި ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.

މި ދެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރު އޭޕްރީލް މަހުގައެވެ. ނަމަވެސް ރާއްޖޭގައި ނުރައްކާތެރި ކޮވިޑް ފެތުރެން ފެށުމުން އިންތިހާބުތައް ބާއްވަން ނިންމީ މިއަހަރު މާރޗް މަހުގައެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީސީއިން ވަނީ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ނިންމައިފައެވެ. މިހާރު ނިންމާފައިވާ ގޮތުން މިއަހަރު އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވޭނެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުން އަދި އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުން ނޫނީ އިންތިހާބު ނުބޭއްވޭނެ ކަމަށް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައި އޮތުމުން އިންތިހާބު ފަސްކުރެވެނީ އެވެ .
މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހުރިގޮތުން އިންތިހާބު ބޭއްވެނީ އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.