English Edition
Dhivehi Edition

ގދ. ތިނަދޫ ގައި ހުންނަ ގދ. އަތޮޅު ތަޢަުލީމީ މަރުކަޒުގެ ބިދޭސީ ޓީޗަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ފިރިހެން މީހާ އަކީ ޖަނަވަރީ 05 ވަނަ ދުވަހު އަހަރީ ޗުއްޓީ ނިންމުމަށް އިންޑިއާއިން އައިސް ހޯމް ކަރަންޓީނުގައި ހުރުމަށްފަހު ކަރަންޓީން ރިލީޒަށް ނުވަތަ ކަރަންޓީނުގެ މުއްދަތު ހަމަވުމާއި ގުޅިގެން ނެގި ސާމްޕަލްގެ ނަތީޖާ ފައްސިވެފައި ވާކަން އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވަނީ އޭއޯ ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން މި ޓީޗަރާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ބެލުމަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޤަވާޢުދުތަކާއި އުޞޫލްތަކަށް ފުރިހަމަޔަށް އަމަލުކުރުމަށް އެދޭކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.