English Edition
Dhivehi Edition

ހުސް މަންމައިން ހިއްސާވާ “މަމްސް”ޖަމިއްޔާ އާއި “އެހީ” ޖަމިއްޔާއިން ގުޅިގެން އައްޑޫ ސިޓީގައި ހާލުގައި އުޅެމުން ދިޔަ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ އެއާއިލާ އަށް ދިރިއުޅެވޭނެފަދަ، އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީފިއެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވާ އެ އާއިލާގައި ޖުމްލަ ހަތް މީހުން ތިބިއިރު ދޮށީ ހަތަރު ބެއިންނަކީ ސިކުނޑީގެ އުނިކަން ހުރި މީހުންނެވެ. އޭގެ ތެރެއިން ދެ އަންހެނުންނަށް، އެކި މީހުންގެ ޖިންސީ ޝިކާރައަކަށް ވެ އަށް ކުދިން ލިބިފައިވާއިރު މީގެ ދެ އަހަރު ކުރިން މަމްސް ޖަމިއްޔާގެ ސަމާލުކަމަށް މި އާއިލާ އައުމާއެކު އެ ޖަމިއްޔާއިން ވަނީ އާއިލާއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Image may contain: indoor

ނިކަމެތި ހާލުގައި ޖުމްލަ 17 މީހުން އުޅެމުންދިޔަ އެ ގޭގައި 18 އަހަރު ނުފުރޭ ދިހަ ކުޑަކުދިންވެސް ތިބިއިރު އެ އާއިލާ ދިރިއުޅެމުން އާއި ތިން ކޮޓަރީގެ ގެއެއްގައެވެ. ގޭގައި ރަގަޅު ފެންވަރުގެ އެއްވެސް ފަރުނީޗަރެއް، ނެތް އިރު ކުދިންނާއި އާއިލާގެ މީހުން ނިދަމުން ދިޔައީވެސް ބިންމަތީގައި ގޮނދަޑި އަޅައިގެންނެވެ، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އެލަވަންސާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އެލަވަންސަށް ބަރޯސާވެފައިވާ އެ އާއިލާގެ ކަންތައްތައް ބަލަހައްޓަމުން ގެންދިޔައީ އާއިލާގެ އެންމެ ހަގު ތިން ބެއިންނެވެ. ވީރާނާވެފައިވާ އެގޭގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވިޔަސް ފެންނަމުން ދިޔައީ މުޖްތަމައުން އެމީހުން ބާކީ ކޮށްފައިވާ މިންވަރާއި ވެރިން އަޅާނުލާ ދޫކޮށްލާފައިވާ މިންވަރެވެ. މަމްސް ޖަމްމިއްޔާއިން މުޖުތަމައުގެ ތެރެއިން އެ އާއިލާއަށް ލިބެމުން ދިޔަ ގޯނާތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމުންދިޔަ ކަމުގައިވިޔަސް ރަށުގެ ކައުންސިލާއި އެހެން އިދާރާތަކުން މާ ބޮޑު އަޅާލުމެއް ލިބިފައެއް ނުވެ އެވެ.

Image may contain: indoor

ތުއްތު ކުދިން ޖަހާނެ ނެޕީއެއްހާ މިންވަރުވެސް ނެތް އެ އާއިލާއަށް މަމްސް ޖަމިއްޔާއިން މި ވަނީ އެހީތެރިވެ އެ އާއިލާގެ ތުއްތުކުދިންގެ މޫނުމައްޗަށްވެސް ހިނިތުންވުން ގެނެސްދީފައެވެ. މަމްސް އާއި އެހީ ޖަމިއްޔާއިން އެ އާއިލާއަށް އެހީތެރިވުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޮޑު ކެމްޕޭނެއް ފަށާ، އެހީއަށް އެދި އާއްމުކޮށް ހުޅުވާލުމުން ފައިސާގެ އިތުރުން، އަންނައުނާއި ކާބޯތައްކެއްޗަށް ދާންދެން މީހުން ހަދިޔާކުރި އެވެ. މި ދެ ޖަމިއްޔާ ގުޅިގެން ކުރި މަސައްކަތުން ގޭގެ ހުރިހާ ފާރެއްގައި ސިމެންތި ޖަހައި، ކުލަ ލައިދީފައިވާއިރު ގޭގެ ކަރަންޓު ވައިރިން ބަދަލުކޮށްދީ، ސީލިންވެސް ވަނީ ކޮށްދީފައެވެ. ނިދަން ބޭނުން ކުރި ގޮދަނޑިތަކުގެ ބަދަލުގައި އެނދު ބަހައްޓައި، ކިޔަވަން ތިބޭނެ މޭޒާއި ގޮނޑީގެ އިތުރުން އަލަމާރި އާއި އިތުރު ފަރުނީޗަރުވެސް ގެއަށް ވަނީ ހޯދާދީފައެވެ.މީގެ އިތުރުން ކެއްކުމަށް ބޭނުންވާ އުނދުނާއި ތެލިތައްޓާއި، ފްރިޖް ފަދަ ސާމާނު ވެސް ހޯދައިދީފައިވާއިރު ކުރިއަށް އޮތް ހަ މަހަށް ވާ ވަރަށް ކާބޯތަކެއްޗާއި ރީތިވާ ސާމާންވެސް ވަނީ ހޯދައިދީފައެވެ.

މަމްސް ޖަމިއްޔާގެ އިސްނެގުމާއެކު އެއާއިލާގެ ހާލަތު ބަދަލުކޮށް ކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދީފައިވާއިރު މިއީ ހަމަ ޔަގީނުންވެސް ތައުރީފާއި ޝުކުރު ހައްގު ބުރަ މަސައްކަތެއްކަން ޔަގީނެވެ.

 

https://www.facebook.com/MOMSMV