English Edition
Dhivehi Edition

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި މާލެ ސްޕޯޓްސް ކްލަބް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިމިވާ ކްރިކެޓް ކާނިވަލް 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކްރިކެޓް ބޯރޑުން އިންތިޒާމްކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލް ރަމްޝާންމަހުގެ 02 ވަނަ ދުވަހު ފެށުމަށް ތާވަލްކޮށްފައިވާއިރު މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޙަކީ 15 ފެބްރުއަރީ 2021 އެވެ.

ކްރިކެޓް ބޯޑުން ކޮށްފައިވާ އިއުލާނުގައި ބުނީ އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެކަމަށެވެ. މި ގޮތުން އޮފީސް ޓޭޕް ބޯލް މުބާރާތުގައި 08 ޓީމަށް ބައިވެރިވެވޭއިރު، ބައިވެރިވުމުގެ ފީއަކީ 1500.00 ރުފިޔާއެވެ. އޯޕަން ޓޭޕް ބޯލް މުބާރާތުގައި 12 ޓީމަށް ބައިވެރިވެވޭއިރު ބައިވެރިވުމުގެ ފީ އަކީ 1000.00 ރުފިޔާއެވެ، އަދި ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި 16 ޓީމަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު ބައިވެރިވުމުގެ ފީއަކީ 5000.00 ރުފިޔާ އެވެ.

އިތުރަށް ކްރިކެޓް ބޯޑުން ބުނީ މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެންކަމަށާއި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް 10 ޓީޝާޓާއި، ޓްރެކްޕޭންޓް ދެވޭނެކަމަށެވެ.

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ތިންޓީމަށް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.


މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް: 3325503 ނަންބަރާއި ގުޅުއްވާ!