English Edition
Dhivehi Edition
އައިޖީެއެމްއެޗް - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

އައިޖީއެމްއެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މެޑިކަލް އިންޓާރންޝިޕް ހެދުމުގެ ފުރުސަތު 11 ޖަނަވަރީ 2018 އިން ފެށިގެން އެ ހޮސްޕިޓަލްގައި ރަސްމީކޮށް ފެށިފައިވާ ކަމަށާއި، މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ފަސްވަނަ އިންޓޭކް (17 މާރިޗު 2021) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 17 ޖެނުއަރީ 2021 އިން ފެށިގެން 28 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 20 ފަރާތަކަށް ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ.

އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެތެރޭގައި މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ “ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން” ސެޓްފިކެޓް އޮތުން ހިމެނެއެވެ.

އައިޖީއެމްއެޗުން ބުނީ އިންޓާރންޝިޕްއަށް އެދި ހުށަހަޅާ ފޯމް އެ ހޮސްޕިޓަލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، [email protected] އަށް މެއިލް ކުރެއްވުމުންވެސް އެޕްލިކޭޝަން ފޯމް މެއިލް ކުރެވޭނެ ކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

މެޑިކަލް އިންޓާރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު ހުށަހަޅާނީ އައިޖީއެމްއެޗް މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] އަށެވެ. އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން ކަމުގައި އައިޖީއެމްއެޗުން ހާމަކުރެއެވެ.