English Edition
Dhivehi Edition

ގާޒީ ސުކޫލުގެ ޓީޗަރަކާއި ޖަމާލުއްދީން ސުކޫލުގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ގާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވިކަން ރިޕޯޓުކޮށްފައިވަނީ މިއަދުކަމަށާއި މިހާރު އެ ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ކަރަންޓިންކޮށްފައިވާކަމަށެވެ. އެޗްޕީއޭ އިން ބުނީ ގާޒީ ސުކޫލުން ޕޮޒިޓިވްވެފައިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއްކަމަށާއި އެ ކޭސްއާ ގުޅިގެން މިހާތަނަށް 12 ޓީޗަރަކު ކޮންޓެކްޓް ޓްރޭސިންއިން ދެނެގަނެވިފައިވާކަމަށާއި އަދިވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ގާޒީ ސްކޫލުގެ އިތުރުން މިއަދު ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މި ކޭސްއާ ގުޅިގެން ހަތަރު ދަރިވަރުން ކޮންޓެކްޓް ޓްރޭސިންއިން ދެނެގަނެވިފައިވާ ކަމަށް އެޗްޕީއޭ އިންވަނީ ބުނެފައެވެ. މާލޭގެ ބިލަބޮންގް ސްކޫލްގައި ކިޔަވަމުން އަންނަ ހަތަރު ދަރިވަރަކުވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ކަމާއި ބެހޭ ތަޖުރިބާކާރުންވަނީ ކޮވިޑްގެ ތިންވަނަ ރާޅެއް ބިންދާލާނީ ސްކޫލްތަކަށް ކަމަށް ބުނެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.