English Edition
Dhivehi Edition
ފޮޓޯ: އެމްވީ ކްރައިސިސް

އެމްޕީއެލްގައި ބިއްލޫރި ޕެލެޓް ދަށުވި މީހާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި މަހު ހަތް ވަނަ ދުވަހު އެމްޕީއެލް ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، މަރުވެފައި ވަނީ އެ ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވިި އުމުރުން 27 އަހަރުގެ ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމެވެ. އައިޖީއެމްޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ މަރުވެފައި ވަނީ ހާލު ރަނގަޅުވުމަށް ފަހު، ވޯޑަށް ބަދަލުކޮށް، އަނެއްކާ ވެސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މި ހާދިސާގައި ނިޔާވި އާސިމް ގެ އިތުރުން އެހެން މީހަކަށްވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އޭނާގެ ދެފައި ބިނދި އިތުރު އަނިޔާތަކެއްވަނީ ލިބިފައެވެ.

މި ހާދިސާގެ ތަފްސީލުދެމުން އެމްޕީއެލް އިން ކުރިން ބުނީ، ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއަކު ޕެލެޓްގެ އަރިމަތީގައި ތާށިވެފައިވާކަަމަށެވެ.