English Edition
Dhivehi Edition
އެކްސިޑެންޓް ވި ސައިކަލް:ފޮޓޯ ރަށިކަބަރޮ

ފުވައްމުލަކު ނައިބު ތުއްތު މަގުގައި މިރޭ ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލުގައި އިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ނައިބު ތުއްތު މަގުން ފުނާޑު ޕާކް ކަންމަތިން ހިނގި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާވި މިހާ އަށް މިހާރު ދަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕާކްކައިރީ ގައި އޮތް ގޯޅި ތެރެއިން ނިކުތް ސައިކަލަކާއި ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މި ހާދިސާ ގައި އަނިޔާ ވެފައިވަނީ ފުވައްމުލަކު މީހަކަށް ނޫން ކަމަށް މައުލޫމާތު ލިބެއެވެ