English Edition
Dhivehi Edition
OLYMPUS DIGITAL CAMERA

ގއ. ދާންދޫ އިން އެ އަތޮޅު ދެއްވަދޫ ބަޔަކާ ކޮންޓެކްޓްވި 2 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދާންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ އެރަށުން ރެންޑަމް ކޮށް ނެގި ސާމްޕަލް ތަކުގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ އުމުރުން 20 އަހަރާއި 21 އަހަރުގެ އަންހެނުން ކަމަށެވެ.

އެރަށުން ޕޮޒިޓިވް 2 ކޭސް ފެނިފައިވުމާ ގުޅިގެން މިހާރު އެމީހުންނާ ކޮންޓެކްވި މީހުން ހޯދައި އެ މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ.

މިއަހަރު ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ދެއްވަދޫއިން ކޮވިޑް އަށް ބަޔަކު ފައްސިވެ، މިހާރު ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމާއިއެކު އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށުން އެ އަތޮޅުގެ އެހެން ރަށަކަށް މީހަކު ދަތުރުކޮށްފައިވާ ނަމަ ހޯމް ކަރަންޓީނު ވުމަށް ވެސް ވަނީ އަންގާފައެވެ.