English Edition
Dhivehi Edition
ފޮޓޯ: އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

ރާއްޖެއިން އިތުރު 59 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިރޭ 18:00 އާއި ހަމައަށް މާލެ ސަރަޙައްދުން 17 މީހަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުން 09 މީހަކާއި، ރިސޯޓު ތަކުން 33 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިއަދު މީހުންނާއި ޔޮޓުތަކުންނާއި ސަފާރީތަކުން އަދި ރާއްޖޭގައި ތަރައްޤީ ކުރަމުންދާ ރިސޯޓުތަކުންނާއި ރަށްތަކުން އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،277 އަށް އަރައިފައިވެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 3،318 ސާމްޕަލް ނަގާފައިވާއިރު، ރާއްޖެއިން ކޮވިޑް-19 ފެނުނު ހިސާބުން ފެށިގެން މިހާތަނަށް 351,491 ސާމްޕަލެއް ވަނީ ޓެސްޓު ކުރެވިފައެވެ. ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 783 އަށް އަރާފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 55 މީހެކެވެ.