English Edition
Dhivehi Edition
ސްކޫލްތަކުގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަހު އެސެމްބްލީގެ ތެރެއިން: ފޮޓޯ އަމީނިއްޔާ ސްކޫލް

އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބައެއް ޓީޗަރުން ކަރަންޓީން ކޮށްފި އެވެ.

އަމީނިއްޔާ ސްކޫލުން ކޮޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ ގްރޭޑް 3 އަށް ކިޔަވައިދޭ ޓީޗަރެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވެސް ވަނީ ބުނެފައެވެ. އަދި އޭނާއާ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ބައްދަލުވި އިތުރު ޓީޗަރުން ކަރަންޓީން ކޮށްފައިވާ ކަމަށާއި އެ ޓީޗަރުންނާ އޭނާއާ ދިމާވެފައި ވަނީ ސްކޫލުން ބޭރުގައި ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްއީއޯސީން ބުނެފައިވަނީ އެ ސްކޫލްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާތީ އެއްވެސް ދަރިވަރަކު ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭކަމަށެވެ.

އަމީނިއްޔާ ސުކޫލުން ޕޮޒިޓިވްވި ޓީޗަރު އެއްވެސް ދަރިވަރަކާ ކޮންޓްވެފައި ނުވާ ކަމަށްވެސް އެޑިކުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، މިދިޔަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވައި، ކިޔަވައިދޭން ފަށާފައިވާއިރު ރާއްޖެއިން ބޭރުން އަންނަ ހުރިހާ ޓީޗަރުންވެސް ކަރަންޓީނުވުމަށްފަހު ޓެސްޓުކޮށް ނެގެޓިވްވުމުން ނޫނީ ސުކޫލަށް ނުނެރުމަށް ސްކޫލްތަކަށް މިނިސްޓްރީން ވަނީ މީގެ ކުރިންއަންގާފަ އެވެ.