English Edition
Dhivehi Edition
ފުވައްމުލަކު ކަންމަތީ އިމާރާތް: ފޮޓޯ އޭއޯ ނިއުސް

ފުވައްމުލައް ސިޓީގެ ކަންމަތީ އިމާރާތް ހިމެނޭ ބިމާއި އެބިމުގައި ކޮއްފައިވާ އިމާރާތް ކުއްޔަށް ދޫކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މިއަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 19 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ފުވައްމުލަކު ކައުންސިލް އިދާރާގެ 6862872 މި ނަމްބަރަށް ގުޅައި ރަޖިސްޓްރީ ކުރުމަށް ފަހު ޖަނަވަރީ 26 ވާ އަންގާރަ ދުވަހުގެ 13:00 އަށް އެ އިދާރާއަށް ގޮސް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ފުވައްމުލަކު ކަންމަތީ އިމާރާތަކީ މީގެ ކުރިން ގަރާޖެއް ގެ ގޮތުގައި ބަޔަކު ކުއްޔަށް ބޭނުން ކުރި އިމާރާތެެކެވެ. ކައުންސިލުން ބުނީ މިތަން ކުއްޔަށް ދޫނުކޮށް ހުންނަތާ ދުވަސްތަކެއް ވުމާއި ގުޅިގެން އަލުން އިމާރާތް ކުއްޔަށް ދޫކުރުމަށް ނިންމީ ކަމަށާއި ކުއްޔަށް ނަގާފަރާތުން އެ ތަނުގައި ބޭނުން މަސައްކަތެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

 

1 ކޮމެންޓް
އަޙްމަދު
ޖެނުއަރީ 13, 2021
ޚަބަރުގައި ފުރިހަމަ މަޢުލޫމާު ހިމެނުން މުހިންމު