English Edition
Dhivehi Edition

ވިހިވަނަ މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ހެނދުނު ފަށައިފިއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ މި އަހަރުގެ މުބާރާތުގައި ދިހަ ކެޓަގަރީ އެއްގައި ރާއްޖޭގެ 34 ސްކޫލަކުން 143 ޓީމު ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 1036 އެތުލީޓުން ވާދަކުރެއެވެ.

  • 11 އަހަރުންދަށުގެ ފިރިހެން 19 ޓީމު
  • 11 އަހަރުންދަށުގެ އަންހެން 17 ޓީމު
  • 13 އަހަރުންދަށުގެ ފިރިހެން 20 ޓީމް
  • 13 އަހަރުންދަށުގެ އަންހެން 23 ޓީމު
  • 15 އަހަރުންދަށުގެ ފިރިހެން 15 ޓީމު
  • 15 އަހަރުންދަށުގެ އަންހެން 14 ޓީމު
  • 17 އަހަރުންދަށުގެ ފިރިހެން 17 ޓީމު
  • 17 އަހަރުންދަށުގެ އަންހެން 7 ޓީމު
  • 19 އަހަރުންދަށުގެ ފިރިހެން 6 ޓީމު
  • 19 އަހަރުންދަށުގެ އަންހެން 5 ޓީމެވެ.

މި މުބާރާތުގައި އައްޑޫގެ 06 ސްކޫލުން ވަނީ ބައިވެރިވެފައެވެ. އެއީ ހުޅުދޫ ސްކޫލް، ޝަރަފުއްދީނު ސްކޫލް، މަރަދޫފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް،ހިތަދޫ ސްކޫލް އަދި އައްޑޫ ހައި ސްކޫލްވެ. މީގެ އިތުރުން ދާންދޫ ސްކޫލް، ގދ. އަތޮޅު މަދަރުސާ، އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، އެވިޑް ކޮލެޖް، ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، ދަރުމަވަންތަ ސްކޫލް، ޣާޒީ ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާން ސްކޫލް، މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މަޖީދިއްޔާ ސްކޫލް، ރެހެންދި ސްކޫލް، ތާޖުއްދީން ސްކޫލް، އަދި ހިރިޔާ ސްކޫލުން މި މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 10.30އަށް އަދި ހަވީރު 4.00ން 6.30އަށެވެ.