English Edition
Dhivehi Edition

މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށް މޫސުން ގޯސްވެ ކަނޑުގަދަވު ވައި ގަދަވާނެ ކަމަށެވެ. އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ އިދާރާ އިންވަނީ އަންގައިފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.