English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުދޫ މީދޫއަށް ޒިޔާރަތްކޮށް، އެ ދެ އަވަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

އައްޑޫ ސިޓީ މޭޔަރ އަދި ޑެޕިއުޓީ މޭޔަރގެ އިތުރުން ބައެއް ކައުންސިލަރުންވެސް ބައިވެރިވެ ވަޑައިގެންނެވި މި ދަތުރުގައި ހުޅުދޫ އަވަށު އޮފީހާއި މީދޫ އަވަށު އޮފީހުގެ ސީނިއަރ މެނޭޖްމެންޓާއި ބައްދަލުކޮށް އެ މުއައްސަސާގައި ހުރި ކަންބޮޑުވާ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެ ދެ އަވަށުގެ އޮފީހުން ކުރިއަށް ރާވާފައިވާ ކަންތައްތަކާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ހުޅުމީދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކޮށް އެ ތަނުގައި އިމާރަތްކޮށްފައިވާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާފައިވާއިރު ހުޅުމީދޫ ޕަބްލިކް ވޯކް ސައިޓަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން ހުޅުމީދޫ ފެނަކަ ކޯޕަރޭޝަނަށް ޒިޔާރަތްކޮށް އެ މުއައްސަސާތަކުގައި ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.

Image may contain: one or more people, people standing, tree, outdoor and nature
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ވެމްކޯ ހުޅުމީދޫ ބްރާންޗުގެ މެނޭޖްމެންޓާއި މުއައްޒަފުންނާއި އެކު ބޭއްވި ބައްދަލުވުމުގައި އެ މުއައްސަސާއިން ވަނީ މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ކައުންސިލާއި ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ވަނީ މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއެކުވެސް ސަތޭކަ ޕަސެންޓް ދިވެހި މުއައްޒަފުންނާއި އެކު ކުންފުނިން ކުރަމުން އަންނަ ބުރަ މަސައްކަތަ ފާހަގަކޮށް އެ ބްރާންޗުގެ މެނޭޖްމެންޓަށާއި މުއައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ކައުންސިލް ޓީމްގެ މި ދަތުރުގައި ހުޅުދޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ނަސްރިއްޔާ ޕްރީ ސްކޫލަށް ޒިޔާރަތްކޮށްފައިވާއިރު ހުޅުދޫ މީދޫގައި ގާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހިބިލިޓޭޝަން ސެންޓަރަށްވެސް ވަނީ ޒިޔާރަތްކުރައްވާ، އެ ތަނުގެ މަސައްކަތްކުރިއަށް ދާ ގޮތް ބައްލަވާ ލައްވާފައެވެ.