English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށްފިއެވެ

މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އިމާރާތްކުރުމުގެ ސިނާޢަތުގައި ކުޅަދާނަ އަދި ޤާބިލް ދިވެހިން ތަމްރީންކުރުމުގެ ގޮތުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ “ހުނަވަރު ޕްރޮގްރާމް” އާ ގުޅޭގޮތުން ބައިވެރިން ވަނީ މަޝްވަރާކޮށްފައެވެ

މިގޮތުން މި ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީ އިން ބުނީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ހެވީ ޑިއުޓީ ވެހިކަލް އޮޕަރޭޓަރުން ތަމްރީނުކޮށް، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ. މި ހިނގާ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ރާވާފައިވަ “ހުނަވަރު ޕްރޮގްރާމް” އަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ފާހަގަކޮށް އެމްޓީސީސީ އިން ބުނީ ޕްރޮގްރާމްގެ ބައިވެރިންނަށް އިންޓާންޝިޕްގެ މުއްދަތުގައި އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، އިންޓާންޝިޕް ނިންމުމަށްފަހު، އެމް.ޓީ.ސީ.ސީ ގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައިވެސް މި ބައްދަލުވުމުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެމް.ޓީ.ސީ.ސީގެ ހުނަވަރު ޕްރޮގްރާމްގެ ‘އޯޕަން ޑޭ’ގެ ޙަރަކާތްތައް މިއަދު 11:00 އިން ފެށިގެން 15:00 އާ ހަމައަށް އައްޑޫ ހައި ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ،