English Edition
Dhivehi Edition

ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވަމުން ދިޔަ އެރަށު ދޫނޑިގަން ، ޔޫރޯ އަޙްމަދު ފައުޒަން ގެނބިގެން ނިޔާވި ހާދިސާއާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު 1 މިނެޓްގެ ސުކޫތެއް ނެގެސްފިއެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދަށް މި މަހުގެ 9 ވަނަ ދުވަހު ގެނބިގެން ނިޔާވި އުމުރުން 17 އަހަރުގެ ފައުޒަން ނިޔާވި ހާދިސާ އާއި ގުޅިގެން އިއްޔެ ފުވައްމުލަކު ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންގެ ކިޔެވުން ވެސް އިއްޔެ ފަށާފައެއް ނުވެއެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދަށް ރައްޓެހި ކުދިންތަކަކާއެކު ދިޔަ ފައުޒަން ގެނބިގެން ދިޔައީ ރަޙްމަތްތެރިކުދިން ތަކެއް ސަލާމަތް ކުރުމަށް ކުރި މަސައްކަތުގައެވެ. ހިތްވަރުގަދަކަމާއި އޯގާތެރި ކަމުގެ ނަމޫނާއެއް ދައްކަމުން ފައުޒަން ދުނިޔެއާއި ވަކިވެގެން ދިޔައީ ގިނަ ބަޔަކަށް މިސާލު ދައްކަމުންނެވެ.

ފައުޒަން ގެ މަރާ ގުޅިގެން ރައީސް އިބްރާހިމް ސޯލިޙް އާއި ނައިބް ރައީސް ފައިސަލް ނަސީމާއި އެޑިޔުކޭޝަން މިނިސްޓްރީންނާއި ގިނަ މުއައްސަސާ ތަކަކުން ވަނީ ތައުޒިޔާގެ މެސެޖް ފޮނުވާފައެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދަކީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ރެކޯޑް އޮންނަ ސަރަހައްދެއް ކަމުގައި ވީނަމަވެސް މިއީ ފުވައްމުލަކުގެ ގިނަ ބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދެކެވެ. މިތަނުގައި އަމިއްލަ އަށް ކޮނެގެން ހަދާފައިވާ ނެރުތަކެއް ހުރުމުގެ ސަބަބުން އާންމުކޮށްވެސް އެސަރަހައްދަށް އެރޭ މީހުން އޮޔާ ދަމައިގެން ދެއެވެ.

1 ކޮމެންޓް
Hayden
ޖެނުއަރީ 12, 2021
Alah tha miulheny meehaku maru vegen. Moodhu erenikonnaai kandah nikume ulhumuge thereygai ethah bayehge furaana gosfai vaa iru emeehunge handhaanugai sukuooth kolheh nubbaavvai mihaaru ekan kurany dhiyumakee ehen meehun ge mahchah vevey bey insaafeh. It's just an accident. May Allah bless the young soul we lost. But I don't believe all this is necessary