English Edition
Dhivehi Edition

ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކެނޑިޑޭޓް ލަތީފުއަށް އައްޑޫގެ މޭޔަރުކަން ލިބިއްޖެނަމަ، އައްޑޫގައި އިންޑިޔާއިން އަޅާފައިވާ ފުލުސް އެކަޑެމީ ސިޓީ ހޮޓަލަކަށް ބަދަލުކުރައްވައި ފަތުރުވެރިކަމަށް އެ އިމާރާތް ބޭނުންކުރަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ލަތީފުގެ ވާހަކަތަކާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ވިދާޅުވެ ނަޝީދު ވަނީ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެން ދާނެކަމަށެވެ.