English Edition
Dhivehi Edition
ފުވައްމުލަކު ހޮސްޕިޓަލް: ފޮޓޯ އޭއޯ ނިއުސް

ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅުނިކޮށް، ގެނބުނު ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުވައްމުލަކު މާނެރެ ސަރަހައްދު މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ސްކޫލުގެ ގްރޭޑް10 ގައި ތައުލީމު ހާސިލުކުރަމުންދާ، ދޫނޑިގަން، ޔޫރޯ އަހްމަދު ފައުޒަން (17އަހަރު) ފެނިފައިވަނީ މިއަދު 5:45 ހާއިރު މޫދު އަޑިންނެވެ.

ފައުޒަން ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 6:45 ހާއިރުގައެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން މާނެރެ ސަރަހައްދުގައި ހަރަކަތާތްތެރިވި މީހަކު ބުނީ ރާޅާއެކު އެންމެ ފުރަތަމަ އަޑިއަށް ދިޔައީ ތިން ކުދިން ކަމަށާއި އެތަނުން ދެ ކުދިން ފަރު މައްޗަށް އަރާފައިވާކަމަށެވެ. އަދި ހަމަ ވަގުތުން ވަގުތަށް އެ ސަރަހައްދުގައި އުޅުނު މީހުން މޫދަށް އެރި ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ.

މާނެރެ ސަރަހައްދަކީ މީގެ ކުރިން ވެސް މިފަދަ ހިތާމަވެރި ހާދިސާ ތައް ހިނގާފައިވާ ސަރަހައްދެކެވެ.