English Edition
Dhivehi Edition

ޏ. ފުވައްމުލަކު މޫދަށް އެރި އުޅުނު ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބުނު ގޮތުގައި ފުވައްމުލަކު މާނެރު ސަރަހައްދު މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ ފުވައްމުލަކު ސްކޫލުގެ ގްރޭޑް10 ގައި ތައުލީމު ހާސިލުކުރަމުންދާ، ދޫނޑިގަން، ޔޫރޯ އަހްމަދު ފައުޒަން(17އަހަރު) އެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ހަރަކަތާތްތެރިވަމުން އަންނަ ފަރާތަކުން ބުނީ ރާޅާއެކު އެންމެ ފުރަތަމަ އަޑިއަށް ދިޔައީ ތިން ކުދިން ކަމަށާއި އެތަނުން ދެ ކުދިން ފަރު މައްޗަށް އަރާފައިވާކަމަށެވެ. އަދި ހަމަ ވަގުތުން ވަގުތަށް އެ ސަރަހައްދުގައި އުޅުނު މީހުން މޫދަށް އެރި ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ފެށިކަމަށާއި އެކަމަކު އަދިވެސް އެ ކުއްޖާގެ އެއްވެސް ހަބަރެއް ނުވާކަމަށެވެ.