English Edition
Dhivehi Edition

ގދ. ގައްދޫ ގައި ކުރިޔަށް ގެންދިޔަ ކަފޭރާ 3 އޮން 3 ފުޓްސަލްމުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ސެވަން ސްޓާރ އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ރާޅު ބޯއީސް ހޯދައިފިއެވެ.

ދެ ޑިވިޜަން އަކަށް ބަހާލައިގެން ޖެނުއަރީ 1 އިން 10 އަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ސެވަން ސްޓާރ ޗެމްޕިއަންކަން ހޯދީ ފައިނަލް ގައި އެފް.ސީ ގޯޅިގަނޑާ އާއި ބައްދަލުކޮށް، މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 2-0 ގެ ނަތީޖާ އަކުންނެވެ. އަދި ރާޅު ބޯއީސް ޗެމްޕިއަންކަން ހޯދީ ފައިނަލް ގައި 2-0 ގެ ނަތީޖާ އަކުން އެފް ސީ ބޮނަކުއާގެ މައްޗަށް ކުރި ހޯދައިގެންނެވެ .

މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުން ތެރިންނަކީ:
ފިރިހެން ޑިވިޜަން : ޖިނާން އަހުމަދު ރަޝީދު ( އެންދަޓާ އެފް. ސީ )
އަންހެން ޑިވިޜަން : ހިޝްމާ މުޙައްމަދު ( އެފް. ސީ ގޯޅިގަނޑާ)
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ
ފިރިހެން ޑިވިޜަން :
• މުޙައްމަދު ރިޝްވާން ޒިޔާދު (އެފް.ސީ ވިންގްސް)
• އާނިސް ފަތުހުﷲ (އެންދަޓާ އެފް.ސީ)
• ނަޖާހު މުޙައްމަދު (ރާޅު ބޯއިސް)
އަންހެން ޑިވިޜަން :
• ހިޝްމާ މުޙައްމަދު ( އެފް. ސީ ގޯޅިގަނޑާ)
• ޝަރީފާ ދީދީ ( އެފް. ސީ ގޯޅިގަނޑާ)
• ޝިފާނާ އާދިލް ( ސެވަން ސްޓާރ)
މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ ގިލަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހިޝްމާ މުހައްމަދު (އެފް. ސީ ގޯޅިގަނޑާ) އެވެ. އަދި ފިރިހެން ޑިވިޜަންގެ އެންމެ ގިނަގޯލްޖެހި ކުޅުންތެރިންނަކީ މުޙައްމަދު ރިޝްވާން ޒިޔާދު (އެފް.ސީ ވިންގްސް) އަދި ނަޖާހް މުހައްމަދު (ރާޅު ބޯއިސް) އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މުބާރާތުގައި 8 ގޯލް ޖަހާފައެވެ.

ކަފޭރާ 3 އޮން 3 މުބާރާތަކީ ގދ، ގައްދޫގައި އެކުވެރި،ކުށުގެ ވެއްޓާއި ދުރު ކުޅިވަރަށް ލޯބިކުރާ މުޖުތަމަޢު އެއް ބިނާކުރުމުގެ މަޤްޞަދުގައި ގައްދޫގެ ދެ ޒުވާނުން ކަމުގައިވާ ޝަހުދު އަބްދުލް ވައްޙާބް އަދި އަލީ ލިޝާންގެ އިސްނެގުމާއިއެކު ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.