English Edition
Dhivehi Edition
މިސްޓިކް އިން މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިން: ފޮޓޯ މިސްޓިކް އިވެންޓްސް

މިސްޓިކް އިވެންޓްގެ ފަރާތުން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި “ޔުނިޓީ އިވެންޓް” ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ފަން ފެއަރ އަކާއި ނައިޓްމާކެޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ފުވައްމުލައްސިޓީގެ ކުދި ވިޔަފާރި ތަކަށް ޚާއްޞަކޮށްގެން މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިވެންޓާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން މިސްޓިކް އިން ބުނީ މި ޔުނިޓީ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލަކުގެ ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށާއި ޔުނިޓީގައި އެކި ވައްތަރުގެ ވިޔަފާރި ތަކުގެ ސްޓޯލްސް ތަކާއި ލުއިކާނާ އާއި އަތްތެރިމަސައްކަތުގެ ސާމާނާއި ނައިޓްމާކެޓް ސްޓޯލްސް ތައް ބެހެއްޓުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ. މީގެ އިތުރުން ގޭމް ސްޓޯލްތައް ވެސް ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ. މި ގޭމް ސްޓޯލްސް ތަކުގައި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ގޭމް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި އަދި އަދި ގޭމު ކުޅެގެން ވަނަ އަށްދާ ފަރާތްތަކަށް އިނާމު ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ފުޑް ކޮންޓެސްޓެއް އޮންނާނެ ކަމަށާއި މީގެއިން ވަނަ ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭނެ ކަމަށެވެ.

ހޯމްބޭކާސް އަދި ކުދި ވިޔަފާރިތައް ކުރާ މީހުންނަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މި އިވެންޓްގައި އެ ފަރާތްތަކުގެ ވިޔަފާރި އިޝްތިހާރު ކުރުމަށް މި އިވެންޓުގެ ތެރެއިން ފުރުސަތު ފަހިވެގެން ދާނެކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. މީގެ އިތުރުން ހޯމް ބޭކާސް އަށް އެމީހުންގެ ސާމްޕަލް އައިޓަމްސް ތައް ދިނުމުން އިތުރު އަގަކާ ނުލައި އިވެންޓްގައި ބައިވެރިވެވޭނެ ކަމަށް ވެސް މިސްޓިކް އިން ބުނެއެވެ.

މިސްޓިކް އިވެންޓްސް އިން މީގެ ކުރިން ވަނީ މާލޭގައި ކާމިޔާބު ކަމާއެކު ނައިޓްމާކެޓް ފަދަ އިވެންޓްތައް ކުރިއަށް ގެންގޮސްފައެވެ.

ފުވައްމުލަކުގައި ކުރިއަށް ގެންދާ އިވެންޓްގައި ސްޓޯލް ބުކް ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 7641993 އެވެ.