English Edition
Dhivehi Edition

ގއ. ގެމަނަފުށީގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އައިޖް އިން ކުރިއަށް ގެންދިޔަ “ނިއު ޔިއަރ ކަޕް2021 “ރިވެންޖް އެސްސީން ކާމިޔާބު ކޮއްފިއެވެ. މި މުބާރާތު އެއްވަނަ ރިވެންޖް އެސްސީއިން ކާމިޔާބު ކޮށްފައިވަނީ ފައިނަލުގައި ފަނަފަތާ ޓީމް ބަލިކޮށް 1 ލަނޑު 4 ލަނޑުން ނެވެ.

އައިޖް ޖަމިއްޔާގެ ފަރާތުން އަލީ އިޝާން މުބާރާތާ ބެހޭ ގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ 14 އަހަރުންދަށުގެ ކުދިންނަށް އަމާޒުކޮށް ގެން ބޭއްވި މުބާރާތެއް ކަމަށެވެ.

ޖުމްލަ 6 ޓީމުން މުބާރާތުގައި ބައިވެރިވެފައިވާ އިރު އެއްވަނަ އަށް ދިޔަ ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ދީފައެވެ. މި މުބާރާތުގެ ވަނަތަކަށް އަމިއްލަ ފަރާތްތަކުން އިނާމް ހުށަހަޅާފައި ކަން އިޝާން ވަނީ ފާހަގަކޮށްފައެވެ. ވާދަވެރި މޮޅުކުޅުމެށް ފެނިގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ހަނާން (އެސް ސީ ފަނަފަތާ) , ރޫހީ (ރިވެންޖް އެސް ސީ) ނާއިކް (ރިވެންޖް އެސްސީ), ޔަމަން (ރިވެންޖް އެސްސީ) އަދި ނާވީ (ރިވެންޖް އެސްސީ) އެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ މުބާރާތުގެ ބައިވެރިވި ކުދިންގެ ހިތުގައި ފުޓުސެލްއަށް ލޯބިޖެއްސުން ކަމަށާއި އަދި ރާއްޖެއިން ފާހަގަކޮއްލެވޭ ނަން ހިނގާ ކުޅުންތެރިންތަކެއް ގެމަނަފުށިން އުފެއްދުމަށް ކަަމަށްވެސް އިޝާން ބުންޏެވެ.

‌އައިޖް ޖަމިއްޔާއަކީ ގެމަނަފުށީގައި އިޖްތިމާއީ އަދި ކުޅިވަރުގެ ރޮނގުން އެހީތެރިވާ ޖަމިއްޔާއެއް ކަމަށާއި ކުރިއަށް އޮތް ބޮޑު ޗުއްޓީ ތަކުގައި އެކި އުމުރުފުރާތަކަށް އަމާޒު ކޮއްގެން ތަފާތު ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދިޔުމުގެ ވިސްނުން ހުރިކަމަށްވެސް އިޝާން ވަނީ ފާހަގަކުރައްވާފައެވެ.