English Edition
Dhivehi Edition

ކުރެހުމަކީ ވަރަށް އާދައިގެ ކަމެކޭ ފަހަރުގައި ހީވެދާނެއެވެ. އެހެންނަމަވެސް ކުރެހުމަކީ އެކަމަށް ހާއްސަ ހުނަރާއި ތަޖުރިބާ އާއި ހިތްވަރާއި ވަގުތުގެ އިތުރަށް އެކަމަށް ޝައުގުވެރިކަން ހުރެގެން ނޫނީ ކުރެވިދާނެ މަސައްކަތެއް ނޫނެވެ. މޮޅު ކުރެހުމެއް އޭގެ އަސްލާއި އެއްގޮތަށް ކުރެހުމަށްޓަކައި އާޓިސްޓުން އެމީހުންގެ އެތައް ވަގުތެއް އޭގެ ތެރެއިން ބައެއް އާޓިސްޓުންނަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އާޓިސްޓުންނެވެ. އެމީހުން އެހެން މީހުންގެ މެދުގައި މަގުބޫލުވެގެންދަނީ ބާއްވާ ބޮޑެތި އާޓް އެގްސިބިޝަންތަކަކުން ނޫނެވެ. އެމީހުންގެ ކުރެހުމުގައި ފޮރުވިފައިވާ އެތެއް ގިނަ ވާހަކަތަކުންނެވެ.

No description available.

ހދ.ނެއްލައިދޫ އަތަމާގެ އިބްރާހީމް ޝިހާބް، އާންމު ނަމުންނަމަ ސިއްބެ އަކީވެސް މި ފަދަ އާޓިސްޓެކެވެ. މިހާތަނަށް ބޮޑެތި އެއްވެސް އާޓް އެގްސިބިޝަނެއްގައި ބައިވެރިވެފައި ނެތް ނަމަވެސް ސިއްބެ އަކީ އޭނާ މަސައްކަތްކުރާ ކޮންމެ ރިސޯޓެއްގެ ސްވެނިއަރ ސޮޕްގެ އާޓިސްޓެވެ. އޭނާގެ ކުރަހުމުގައި ފޮރުވިފައިވާ އެތެއް ވާހަކަތަކާއެކު ސޯޝަލް މީޑިއާގައި އޭނާގެ ކުރެހުންތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

No description available.

އުމުރުން 13 ވަރަކަށް އަހަރުގައި ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ކުރެހި އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމްގެ ތަސްވީރާއެކު ސިއްބެ ގެ ފޮރުވިފައިވާ ކުރެހުމުގެ ހުނަރު ގިނަ ބައަކަށް ދައްކާލީ ހިތްހަމަޖެހުމާއެކުގައެވެ “ފުރަތަމަ ކުރަހާ އުޅުނީ ފަންސުރުން، ރައީސް މައުމޫނުގެ ފޮޓޯ ކުރަހާލެވުނު ހިސާބުން ކުރެހުމަކީ ވެސް ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ވެސް ޤަބޫލުކުރެވުން، އެހިސާބުން މިކަމުގެ ތެރެއަށް ވަދެވުނީ.” ސިއްބެ ބުންޏެވެ. ވަޒީފާއަކަށް ދިއުމުގެ ކުރިން ވެސް ރަށުގައި ހުރެގެންވެސް ވަރަށް ގިނަ ކުރެހުންތައް މާލޭގެ ބައެއް ސްވެނިއަރ ޝޮޕްތަކަށް ފޮނުވާ، ސިއްބެ ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކީވެސް ކޮންމެވެސް ހާއްސަ ހުނަރެއް ލިބިފައިވާ މީހެކެވެ. އެ ހުނަރެއް ތަރައްޤީކޮށް އެ ހުނަރެއްގެ ބޭނުން ހިފަން ގަދައަޅައި މަސައްކަތް ކުރުމަކީ މުހިންމު ކަމެވެ. ދިރިއުޅުމުގައި ދިމާވި އެކި ސަބަބުތަކާއެކު ސިއްބެ ކުރެހުމާއި ދުރަށް ޖެހިލި ނަމަވެސް ދެން އެބުރި ކުރަހަން ފެށީ ވަރުގަދަ އަޒުމާއެކުގައެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދެވޭ ވަރަށް ކޯހެއް ހެދުމަށްފަހު ދެން ސިއްބެ މިސްރާބުޖެހީ ރިސޯޓް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރުމާއި ދިމާއަށެވެ. އާންމުގޮތެއްގައި ރާއްޖޭގެ ރީތިކަން ފެންނަ މަންޒަރުތައް ކުރެހުމަށް ޝައުގުވެރިވާ ސިއްބެ އެންމެ ގަޔާވަނީ ހޭންޑް ޕެއިންޓިންއަށް ކަމަށްވާއިރު ސްކްރީން ޕްރިންޓިންގެ މަސައްކަތަކީވެސް ސިއްބެ ވަރަށް ޝައުގުވެރިކަމާއެކު ކުރަމުން އަންނަ މަސައްކަތެކެވެ.

No description available.

ސިއްބެ ގަބޫލުކުރާ ގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް ރާއްޖޭގައި ގިނަ ފުރުސަތުތަކެއް އެބަހުއްޓެވެ. ބޭނުންވަނީ ހިތްވަރާއެކު ކުރިއަށްދާނެ ވަރުގަދަ އަޒުމެވެ. “ބައެއް މީހުން އަދިވެސް ޤަބޫލެއް ނުކުރޭ މިއީ މުސްތަޤުބަލު އޮތްދާއިރާއެއް ކަމަކަށް، ނަމަވެސް އަހަރެންގެ ވިސްނުން ތަފާތު، މިއީ މުސްތަޤުބަލުއޮތް ކުރިއަށްދެވިދާނެ ދާއިރާއެއް” ސިއްބެ ބުންޏެވެ. ރާއްޖެއިން މިކަމަށް ބޭނުންވާ ސާމާން ހޯދުމުގައި އެއްވެސް ދަތިކަމެއް ނެތްކަން ސިއްބެ ފާހަގަކޮށްފައިވާއިރު އޭނާ އަކީ މި ދާއިރާއަށް އިތުރު މީހުން ތަމްރީންކުރުމަށްޓަކައި ހިލޭ ސާބަހަށް ކޯސްތައް ވެސް ހިންގަމުންދާ މީހެކެވެ. ދާދި ފަހުންވެސް އޮންލައިންކޮށް ކޯހެއް ކުރިއަށް ގެންގޮސްފައިވާ ސިއްބެ ބުނީ އޭނާ ކައިރިން ކުރެހުމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް އޮޅުން ފިލުވަން ބޭނުންވާ މީހަކަށް ނޫނެކޭ ނުބުނާނެކަމަށެވެ. އަދި މިހާރުވެސް ވަރަށް ގިނަ މީހުންނަށް އޭނާއަށް އެގޭ އެއްޗެހި އޮޅުން ފިލިވައިދީފައި ހުންނާނެކަމަށް ސިއްބެ ބުންޏެވެ.

No description available.