English Edition
Dhivehi Edition
ފޮޓޯ: ގދ.ތިނަދޫ

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވާތީ ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފި އެވެ .
މެޓުން ވަނީ މިރޭގެ އިރުއޮއްސުމާ ހަމަޔަށް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑު ގަދަވާނެކަމަށާއި ރާޅުގެ އުސްމިން 2 ފޫޓައި 5 ފޫޓާއި ދެމެދުގައި ހުންނާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އިތުރަށް މެޓުން ބުނީދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ . އަދި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އާއްމުގޮތެއްގައި މަޑުން އިރު އުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައިކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަ ވާނެކަމަށް މެޓުންވަނީ ބުނެފައެވެ.