English Edition
Dhivehi Edition
ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ/ފޮޓޯ މިހާރު

ކޮވިޑް 19 ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ. މުޖުތާޒް އަވަހާރަވީ ރޭ ދަންވަރު 2 ޖެހިއިރުއެވެ.

މުޖުތާޒް ކޮވިޑް 19 އަށް ފިއްސިވި ކަން އެނގުނީ އާއިލާ އާއި އެކު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށް ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުންކަމަށް ޢާއިލާއިން މަޢުލޫމާތު ދެއެވެ. ލ. ކޮވިޑް ފެސިލިޓީގައި މުޖުތާޒަށް ފަރުވާ ދިނުމަށްފަހު މާލޭ ދަރުމަވަންތަ ހޮސްޕިޓަލަށް އިއްޔެގެ ވަގުތެއްގައި ބަދަލުކޮށް އޭރުއްސުރެން ދިޔައީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ޢުމުރުން 61 އަހަރުގެ މުޖުތާޒްއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީގެ ބޭބޭފުޅެވެ. މުޖުތާޒްއަކީ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.އެގޮތުން އޭނާ ވަނީ 18 ސެޕްޓެމްބަރު 2008ން 10 އޯގަސްޓް 2010ގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

މިއީ ކޮވިޑް- 19 ޖެހިގެން ރާއްޖެ އިން ރެކޯޑު ކުރެވުނު 49 ވަނަ މަރެވެ.

މުޖުތާޒުގެ ފުރާނަފުޅަށް މާތްﷲ ގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.