English Edition
Dhivehi Edition

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނު ކުރަން ނިންމައިފިއެވެ

އެ ކުންފުނީގެ އެމްޑީކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި މުހައްމަދު މުހައްމަދު ރިޒްވީ އެ މަގާމުން ވަކިކޮށް މިހާރު އޭނާވަނީ ރީޖަނަލް އޮޕަރޭޓް ކުރަން އުފެއްދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މަގާމަށް ހަމަޖައްސާފައެވެ.

އެ ކުންފުނީގެ އެމްޑީކަމުގެ މަގާމަށް މުހައްމަދު މިހާދު އައްޔަނު ކުރަން ރައީސް އޮފީހުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ހުށަހަޅާފައިވާއިރު ޕީސީބީން މިހާދު ނަން މިހާރު އަންނަނީ އިވެލުއޭޓް ކުރަމުންނެވެ. އިވެލުއޭޝަން ޕްރޮސެސް އަށް ފަހު އެ މަގާމަށް އައްޔަނު ކުރަން ރަސްމީކޮށް ނިންމާނީ ޕީސީބީގެ ބޯޑުންނެވެ.

މިހާދު އަކީ އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ އަދި ފިނޭންސްގައި 15 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.